ސަރުކާރުގެ ހައުސިން ޕޮލިސީއާ ގުޅޭ ހާއްސަ އިވެންޓެއް މާދަމާރޭ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ހައުސިން ޕޮލިސީ އާ ގުޅޭ ހާއްސަ އިވެންޓެއް މާދަމާރޭ ބާއްވަން ނިންމައިފި އެވެ.

މާދަމާރޭ 9:30ގައި ބާއްވާ އެ އިވެންޓު ޓީވީ ޗެނަލްތަކުން ލައިވް ކުރާނެ އެވެ.

"ގެދޮރުވެރިޔާ" މި ހޭޝްޓެގާ އެކު ސަރުކާރުން ކުރިއަށްގެންދާ އިވެންޓާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ސަރުކާރުގެ ހައުސިން ޕޮލިސީ އާ ގުޅޭ އިވެންޓެއް މާދަމާ ރޭ ބާއްވާއިރު މި ސަރުކާރުގެ ހައުސިން މަޝްރޫއުތަކަށް މެއި މަހު ހުޅުވާލައްވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ނަމަވެސް މެއި މަސް ނިމުނު އިރު ވެސް މަޝްރޫއުތަކަށް ކުރިމަތިލާން ހުޅުވާލާފައެއް ނުވެ އެވެ.

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ވާހަކަ ތަކަށް ބަލާ އިރު، އަތޮޅުތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން 500 މިލިޔަން ރުފިޔާގެ ލުއި ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް