ކާންސް ފިލްމު ފެސްޓިވަލް އަންނަ މަހު

ކާންސް ފިލްމު ފެސްޓިވަލް އަންނަ މަހު---

ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން މިދިޔަ އަހަރު ނުބޭއްވުނު ކާންސް ފިލްމު ފެސްޓިވަލް މިއަހަރު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފްރާންސްގައި ބާއްވާ ކާންސް ފިލްމު ފެސްޓިވަލަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެސްޓިވަލެވެ. އަދި 74 ވަނަ ކާންސް ފިލްމު ފެސްޓިވަލް ބާއްވާނީ އަންނަ މަހުގެ 6-17 އަށެވެ. ކޮވިޑް އާ ގުޅިގެން މި އަހަރުގެ ފެސްޓިވަލްގައި ބައިވެރިވާ ބައިވެރިން މަދުވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ނަވާރަސަތޭކަ ސާޅީސް ހަވަނަ އަހަރުން ފެށިގެން ފެށިގެން ބާއްވަމުން އަންނަ މި ފެސްޓިވަލުގައި މިއަހަރު 24 ފިލްމު ވާދަކުރާނެ އެވެ.

އަންނަ މަހު ބާއްވާ ކާންސް ފެސްޓިވަލް ކުލަގަދަކޮށް ބާއްވަން ނިންމާފައިވާއިރު މިހާރު ކުރިއަށްދަނީ ފެސްޓިވަލް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

comment ކޮމެންޓް