ސައުދީގެ ތަވައްކަލްނާ އެޕް ބޭނުންކުރާ ގައުމުތަކުގެތެރޭ ރާއްޖެ

ސައުދީ އަރަބިއާ އިން ތައްޔާރުކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރެވޭ ފުރަތަމަ 74 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

ތަވައްކަލްނާ އެޕްލިކޭޝަނަކީ ކޮވިޑް19 އާ ގުޅިގެން ސައުދީގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، ސިއްހީ ހާލަތު ދެނެގަތުމަށާއި ކޮންޓެކްޓް ޓްރޭސިންއަށް އެ ގައުމުގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ. ސައުދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގައުމަށްފަހު އެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސައުދީގެ އާންމު ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެ އެވެ.

މި އެޕްލިކޭޝަން 74 ގައުމަކަށް ސައުދީއިން ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ.

ސައުދީ އަރަބިއާގެ ރައްޔިތުން މި 74 ގައުމަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސައުދީ އަށް ދަތުރު ކުރާއިރު އެޕްލިކޭޝަން ބޭނުންކުރަން ޖެހެ އެވެ.

comment ކޮމެންޓް