ހުޅުމާލޭގައި ހަދާ ދެވަނަ ކޮވިޑް ފެސިލިޓީގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ހުޅުމާލޭގައި ހަދާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވައިލެއްވުން --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ހަދާ ދެވނަ ކޮވިޑް ފެސިލިޓީގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފި އެވެ.

މީގެކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރަތް ކޮވިޑު ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑުގެ ހަތަރުވަނަ ރާޅުގައި ބަލިޖެހި ހާލު ބޮޑުވެގެން އެޑްމިޓު ކުރަންޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ.

ކޮވިޑު ފެސިލިޓީ ހަދާ އިމާރާތް ބައްލަވައިލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތުގައި، އެތަނާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލު އަހުމަދާއި ޑީއެމްޑީ އަހުމަދު އާތިފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ފެސިލިޓީ އަކީ 270 އެނދުގެ ފެސިލިޓީ އެކެވެ. ހުޅުމާލޭ ގައި މިހާރު ހުންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަކީ 276 އެނދުގެ ފެސިލިޓީއެކެވެ.

comment ކޮމެންޓް