ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ކޮޕާ އެމެރިކާ 2021 ބަލާލެވޭނެ

-- ފޮޓޯ: ދިރާގު

މި މަހަކީ ފުޓުބޯޅަ ފޭނުންނަށް ވަރަށް ހާއްސަ މަހަކެވެ. ސަބަބަކީ ޔޫރޯ 2020 ފެށުނުތާ ދެ ދުވަސް ފަހުން ކޮޕާ އެމެރިކާ 2021 ވެސް ފެށޭތީއެވެ. މި ފޯރިގަދަ މުބާރާތް ފަށަން ހަމަޖެހިފައިވަނީ ޖޫން 14 ގައި ބްރެޒިލްގެ ވެރިރަށް ބްރެޒިލިއާގައި އެވެ.

ކޮޕާ އެމެރިކާގެ ހުރިހާ މެޗެއް ވެސް ދިރާގު ޓީވީގެ ސޮނީ ޓެން 2 އެޗްޑީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ކޮޕާ އެމެރިކާގެ މެޗްތައް ފަށަން ހަމަ ޖެހިފައިވަނީ ޖޫން 14 ވަނަ ދުވަހު، ރާއްޖެ ގަޑިން 02:00 ގަ އެވެ.

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް ހައި ޑެފިނީޝަން (އެޗްޑީ) ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫޒާ ނޭމް އަދި ޕާސްވޯޑު ބޭނުންކޮށްގެން މެޗްތައް ބަލާލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީއެސްޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯނު ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެކަމަށާއި ރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ވަނީ ގިނަ އޮފާ ތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށް ގެންވެސް ދިރާގު ޓީވީ ބަލާލެވޭނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓު ޑޭޓާ، ޖޫން 2021 ގެ ނިޔަލަށް ލިބޭނެ އެވެ.

ދިރާގު ޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފާ ތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް