ލައިފް ސަޕޯޓުގެ ހުރިހާ ފިހާރައަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ 10 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ލައިފް ސަޕޯޓްގެ ހުރިހާ އައުޓްލެޓަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ލައިފް ސަޕޯޓްގެ އައުޓްލެޓްތަކުގެ ތެރޭގައި ލައިފް ސަޕޯޓް އައި.ޖީ.އެމް.އެޗް ފާމަސީ، ލައިފް ސަޕޯޓް ވައިޓަލް ކެއާ(ކަނބާއައިސާރަނިހިނގުން)، އެލް. އެސް ވައިޓަލް ކެއާ 7 (މަޖީދީމަގު)، ލައިފް ސަޕޯޓް ސެފަޔާ (ސޯސަންމަގު)، ލައިފް ސަޕޯޓް ހިތަދޫ ފާމަސީ އަދި ލައިފް ފާރމާ ނިލަންދޫ ފާމަސީ ހިމެނެ އެވެ.

ފާމަސީ އެމްވީއިން އޮންލައިންކޮށް އޯޑަރުކުރާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށް ލައިފް ސަޕޯޓުން ބުނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން 23ވަނަ ދުވަހާ ހަމައަށެވެ.

ލައިފް ސަޕޯޓުން ފާމަސޫޓިކަލްގެ އިތުރުން ނިއުޓްރިޝަންސް، މެޑިކަލް ކޮންސިއުމަބަލްސް، ޖެނެރަލް ކޮންސިއުމަބަލްސް ރީޓެއިލް އަދި ހޯލްސޭލް ކުރުމުގެ އިތުރުން ހެލްތްކެއާ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

ހަމައެއާއެކު ފާމަސީ.އެމްވީގެ ނަމުގައި އޮންލައިންކޮށް ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން ކޮސްމެޓިކްސްއާއި ޕާސަނަލް ހައިޖީންއަށް ބޭނުންވާ ތަކެތި އޮންލައިންކޮށް އޯޑަރު ކުރެވޭނެ އެޕްލިކޭޝަންއެއް ވެސް އެކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ.

comment ކޮމެންޓް