މިއަދު ޕޮޒިޓިވްވީ 246 މީހުން، މާލެ ސަރަހައްދުގެ ކޭސްތައް 100އިން ދަށަށް

މޭ 21، 2021: ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރުވުމާއި ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރުމަށް، ކާފިއު ވަގުތު ސިފައިންނާއި ފުލުހުން ގުޅިގެން މަގުމަތަށް ބެލެހެއްޓުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 246 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 88 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން 137 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 13 މީހުންގެ އިތުރުން ރިސޯޓަށް ތަރައްގީ ކުރަމުންދާ ރަށްރަށުން އަށް މީހުންނެވެ.

މިއަދުގެ ކޭސްތަކާ އެކު ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 70،077 އަށް ވަނީ އަރައިފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 11،041 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 97 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 2،273 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 58،832 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 195 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް