އެޑްވަޓޯރިއަލް: ޔޫރޯ ބަލަން "ހައިސެންސް"ގެ ޓީވީތައް ރެޑްވޭވުން ލިބޭނެ

ޔޫރޯ 2020ގެ މެޗުތައް ބަލާލަން އެކަށޭނަ "ހައިސެންސް" ބްރޭންޑުގެ ޓީވީ ރެޑްވޭވުން ތައާރްފުކޮށްފި އެވެ.

ރެޑްވޭވުން ބުނީ ދިވެހީންނަކީ ޒަމާނުއްސުރެ ވެސް ފުޓުބޯޅަ މުބާރާތްތައް ބޮޑު ސްކްރީންގައި އަޅުވައިގެން ރައްޓެހިންނާ އެކު މެޗުތައް ބަލައި އުޅުނު ބައެއް ނަމަވެސް މިއަދު އެ ފުރުސަތު ނެތް ކަމަށެވެ. އެހެން ނަމަވެސް އެކުވެރިންނާއި އާއިލާއާ އެކު ގޭގައި ތިބިގެން ވެސް ފޯރީގައި މެޗު ބެލޭނެ ފަދަ އެކަށީގެންވާ ޓީވީ މިހާރު ތައާރަފުކޮށްފައިވާ ކަމަށެވެ.

އެގޮތުން "އަޕްގްރޭޑް ސުކޮޑް"ގެ ނަމުގައި ރެޑްވޭވްއިން ވަނީ ހައިސެންސްގެ މިހާރުގެ މޮޑެލްތަކުގެ އާ ސްޓޮކެއް ގެނެސް، ހައިސެންސް ޓީވީގެ މުޅިން އާ މޮޑެލްތަކެއް ވަރަށް ހާއްސަ އަގުތަކެއްގައި ތައާރަފްކޮށްފަ އެވެ.

ޔޫރޯ ޗެމްޕިއަންޝިޕްވެސްގެ ސްޕޮންސަރެއް ކަމަށްވާ "ހައިސެންސް" ބްރޭންޑްގެ އެކި މޮޑެލްތަކުގެ ޓީވީ މިހާރު ރެޑްވޭވުން ލިބޭނެ އެވެ. ހައިސެންސް އަކީ މުޅި ދުނިޔޭގައި ވެސް ނަންހިނގާ ޓީވީ ބްރޭންޑެއްކަން ރެޑްވޭވުން ފާހަގަކުރި އެވެ.

ހައިސެންސް ޓީވީއަކީ ޑައިނެމިކް ރޭންޖް އަދި ސްމޫތް މޯޝަން ރޭޓް މަތި ޓިވީއެއްކަމުން މަންޒަރުތައް ފުސްކަމެއް ނެތި ވަރަށް ސާފުކޮށް އަދި އަލިދަގަކޮށް ދައްކުވައިދޭނެ ކަމަށާއި، ގޭމު ކުޅެން ވެސް ބަރާބަރު ވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އޭގެއިތުރުން، ހައިސެންސްގެ ޔޫއެޗްޑީ އަދި ކިއުލެޑްގެ ޓީވީތަކަކީ އޭގެ ކޮލިޓީ އާއި މަންޒަ ރުގެ ދެވަނައެއް ނުވާފަދަ ދުނިޔޭގައި ނަން މަޝްހޫރު މޮޅުޓީވީ ތަކެއް ކަމަށް ރެޑްވޭވުން ބުނެ އެވެ.

އެ ބްރޭންޑްގެ ތަފާތު ސައިޒުތައް މިވަގުތު ރެޑްވޭވުން ލިބެން އެބަހުއްޓެވެ.

ރެޑްވޭވުން ބުނީ ރެޑްވޭވްގެ އައުޓްލެޓްތަކުން އިތުރު މައުލޫމާތު ލިބޭނެ ކަމަށާއި ގޭގައި ތިބެގެން އޮންލައިންކޮށް ޓިވީއަށް އޯޑަރު ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް