މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނޮވެމްބަރު 23، 2019: މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިރޭ "ސަން" އަށް ވިދާޅުވީ ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުނީ ރޯގާގެ އަސަރު ހުރުމާ އެކު މިއަދު ޓެސްޓް ކުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ނަސްރީނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެ ކަމަނާ އިންނެވީ ގޭގައި ކަމަށެވެ. އަދި ނަސްރީނާ ވަނީ ވެކްސީންގެ ދެ ޑޯސް ވެސް ފުރިހަމަކޮށްފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން ވެސް ވަނީ މީގެ 10 މަސް ކުރީން، މިދިޔަ އަހަރުގެ އޯގަސްޓް މަހު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ މަނިކުފާން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާވެސް ހޯއްދަވައިފަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު