މިއަދު ޕޮޒިޓިވްވީ 295 މީހުން، މާލެއިން 138

އޭޕްރީލް 19، 2021: މާލޭގެ ބޮޑުތަކުރުފާނު މަގު ބާރުބޮޑުވެފައި--ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެ އިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 295 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 138 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން 146 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 11 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާ އެކު ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 69،831 އަށް ވަނީ އަރައިފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 13،071 މީހުން ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 111 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވެފައި ވަނީ 1504 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 56،559 އެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 192 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައި ވަނީ 313،609 މީހުންނެވެ. އަދި އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަކުރީ 176،798 މީހުންނެވެ.

comment ކޮމެންޓް