އަނިޔާތަކާ ގުޅިގެން ރައީސް ނަޝީދުގެ ފައިގެ އަޮޕަރޭޝަނެއްކޮށްފި

އޭޕްރީލް 11، 2021: ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާއަކާ ގުޅިގެން އެމަނިކުފާނު ފައިގެ އޮޕަރޭޝަނެއް ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، ރައީސް ނަޝީދު ފައިގެ 'ކުޑަ' އޮޕަރޭޝަނެއް މިއަދު ކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނާޒިމް ވިދާޅެއް ނުވެ އެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދުއަށް ދިން ޓެރަރިސްޓް ހަމަލާގައި އެންމެ ފުރަތަމަ އެމަނިކުފާނަށް ފަރުވާ ދެއްވީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އެ ހޮސްޕިޓަލުން 16 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް ފަހު އެމަނިކުފާނު ވަނީ މިދިޔަ މަހު 13 ވަނަ ދުވަހު ޖަރުމަންވިލާތަށް ވަޑައިގެންފަ އެވެ. އެގައުމުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ މިލިޓަރީ ހޮސްޕިޓަލްއެއްގަ އެވެ.

comment ކޮމެންޓް