ޔޫރޯ 2020: ސިޔާސީ ކުލަވަރު އެކުލެވޭތީ ޔޫކްރޭންގެ ޖާޒީ ބަދަލު ކުރަން އަންގައިފި

ޔޫކްރޭނުގެ ޖާޒީގައި ޖަހާފައިވާ ސިޔާސީ ސްލޯގަން ---

ޔޫރޯ އަށް ޔޫކްރެއިން އިން ފަރުމާކުރި ޖޯޒީގައި އެ ގައުމުގެ ޗާޓު ފެންނަ ގޮތަށް ސިޔާސީ ހަމަނުޖެހުން އުފެދޭ ގޮތަށް އިން ބައި އުނިކުރުމާ އެކު ޖާޒީއަށް ބަދަލު ގެންނަން ޔުއެފާ އިން ޔޫކްރެއިން އަށް އަންގައިފި އެވެ.

މިފަހަކުން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ޔުއެފާ އިން ޔޫކްރެއިން އަށް މި ގޮތަށް އެންގީ އެ ގައުމުގެ ޖޯޒީގައި އެ ގައުމު ރަމްޒުކޮށްދޭ ޗާޓު ޑިޒައިން ކޮށްފައިވާއިރު، ކްރައިމިއާ ވެސް ހިމެނޭ ގޮތަށް ހިމަނާފައިވާތީ އާއި ސިޔާސީ ކަމަކާ ގުޅޭ ލިޔުންކޮޅެއް ޖޯޒީގައި ހިމަނާފައިވާތީ އެވެ.

ޔޫކްރޭނުގެ ޖާޒީގައި ޖަހާފައިވާ ސިޔާސީ ސްލޯގަން

ޔޫކްރޭނުގެ ޖާޒީގައި ކްރައިމިއާ ހިމަނާފައިވާތީ ރަޝިއާ އިން ވަނީ ކްރައިމިއާ ބައި އުނިކުރުމަށް އެދިފަ އެވެ. ޔޫކްރޭނާއި ރަޝިއާއާ ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވާ ކްރައިމިއާ އަކީ ރަޝިއާއިން ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ ބަޔެކެވެ. އަދި އެހެންމެ 2014 ވަނަ އަހަރު ރަޝިއާއިން ވަނީ އެގައުމުގެ ބައެއްގެ ގޮތުގައި ކްރައިމިއާ ޕެނިންސިޔުލާ ޗާޓުގައި ހިމަނައިފަ އެވެ.

ނަމަވެސް ބައިނަލްއަގުވަމީ މުޖުތަމައު ގަބޫލުކުރާ ގޮތުގައި ކްރައިމިއާ އަކީ ޔޫކްރޭނުގެ ބަޔެކެވެ. ޔުއެފާއިން ބުނާގޮތުގައި އދ. އިން ގަބޫލުކުރާ ބޯޑަރުގެ ތެރޭގައި ކްރައިމިއާ ހިމެނިފައިވާތީ، ޖާޒީގައި ޗާޓު ހިމެނުމަކީ މައްސަލައެއް ނޫނެވެ.

މީގެ ކުރިން ދެ ފަހަރަށް ޔޫރޯގައި ކުޅުނު ޔޫކްރޭންގެ ފުޓްބޯޅައިގެ ތާރީހްގައި ކޮލިފިކޭޝަން މަރުހަލާއެއްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ، މިފަހަރުގެ ކޮލިފިކޭޝަންގަ އެވެ. ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ސާބިއާ ލަގްޒަމްބާގް އަދި ލިތުއޭނިއާ ހިމެނޭ ގުރޫޕް ބީގެ އެއް ވަނަ ޔޫކްރޭނުން ހޯދީ ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކޮށްގެންނެވެ. އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. އެ ޓީމުން ވަނީ ޕޯޗްގަލް ވެސް ބަލިކޮށްފަ އެވެ.

comment ކޮމެންޓް