މީޑިއާނެޓް މަލްޓިސްކްރީނުން ޔޫރޯއާއި ކޮޕާ އެމެރިކާއަށް ޕްރޮމޯޝަނެއް! ބޮޑު އިނާމަކީ ޕީއެސް5އެއް

ޔުއޭފާ ޔޫރޯ 2020އާއި ކޮޕާ އެމެރިކާ 2021 ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށްގެން މީޑިއާނެޓު މަލްޓި ސްކުރީނުން ސަބްސްކްރައިބް އެންޑް ވިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖުލައި 11ގެ ނިޔަލަށެވެ. ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި މީޑިއާނެޓް މަލްޓިސްކްރީންގެ ހިދުމަތުގެ 'އެމްއެސް ކޮމްބޯ' ނުވަތަ 'އެމްއެސް ވީއޯޑީ' ހިދުމަތަށް އަށް ސްބްސްކްރައިބް ކުރުމުން، ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

އެ މި ލަކީޑްރޯގެ ބޮޑު އިނާމަކީ ސޮނީ ޕްލޭސްޓޭޝަން 5އަކާއި ފީފާ21 ސީޑީ އެކެވެ. މި ލަކީޑްރޯ ނަގައި، ނަސީބުވެރި ފަރާތް އިއުލާނު ކުރުން އޮންނާނީ ޖުލައި 12ވަނަ ދުވަހު ކަމަށް މީޑިއާ ނެޓުން ބުންޏެވެ.

ހަމައެއާ އެކު މި ޕްރޮމޯޝަން ކުރިއަށްދާ އެއް މަސް ދުވަހުގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވާނެ އެވެ. އަދި ކޮންމެ ހަފުތާއެއްގެ ނަސީބުވެރި ފަރާތަށް 5000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ ކަމަށް ވެސް މީޑިއާ ނެޓުން ބުންޏެވެ.

މީގެ އިތުރުން ޔޫރޯއާއި ކޮޕާ އެމެރިކާ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އިނާމު ލިބޭ 'ޕްރެޑިކްޓް ދަ ސްކޯ އެންޑް ވިން' މުބާރާތެއްވެސް މީޑިއާނެޓްގެ މަލްޓިސްކްރީން އިންސްޓަގްރާމް ޕޭޖު (@msmedianet)ގައި ކުރިއަށްގެންދިއުމަށް ވަނީ ރާވާފަ އެވެ. ސްކޯ ގެސް ކުރާނީ ޔޫރޯ އަދި ކޮޕާ އެމެރިކާގެ މެޗުތަކަށް ހާއްސަކޮށް އެ ޕޭޖުން ހިއްސާކުރާ ޕޯސްޓުތަކުގެ ކޮމެންޓް ބައިގަ އެވެ.

މެޗުގެ ނަތީޖާ ދިމާކުރާ ފަރާތްތަކަށް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަށް އެމްއެސް ކޮމްބޯ ނުވަތަ އެމްއެސް ވީއޯޑީގެ ސްބްސްކްރިޕްޝަނެއް އެއް މަހަށް ހިލޭ ލިބޭނެ އެވެ.

މީޑިއާނެޓް މަލްޓިސްކްރީންއަކީ ލައިވް ޓިވީ ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ފިލްމުތަކާއި ސީރީޒްތައް ބަލައިލެވޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުން ޔޫރޯ އަދި ކޮޕާ އެމެރިކާގެ ފޯރިގަދަ މެތްތަށް ފޯން، ޓެބްލެޓް ނުވަރަ ލެޕްޓޮޕްއިންވެސް ބަލައިލެވޭނެއެވެ.

މީޑިއާނެޓަށް އާ ކަސްޓަމަރުން ނުވަތަ ލޯކަލް ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުންނަށް 150 ރުފިޔާއަށް އެމްއެސް ކޮމްބޯއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އަދި މީޑިއާނެޓްގެ ބޭސިކް ނުވަތަ ފެމިލީ ޕެކޭޖު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް 100 ރުފިޔާއަށް އެމްއެސް ވީއޯޑީއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އަދި މީޑިއާނެޓްގެ 'ވޯންޓް އިޓް އޯލް' ބޭނުންކުރާ ކަސްޓަމަރުންނަށް 50 ރުފިޔާއަށް އެމްއެސް ވީއޯޑީއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ

އެމްއެސް ވީއޯޑީ އިން މީޑިޔާނެޓް އޮރިޖިނަލްސް ގެ ދަށުން ހިމެނޭ ރޫމީ އާއި ޖަންނަތު، ލަމްސް ކިޗަން އަދި މަރިޔަމް ފިލްމް ބަލައިލެވޭނެ އެވެ.

މަލްޓި ސްކްރީން އެޕްލިކޭޝަން މި ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މީޑިއާނެޓްގެ ފްރަންޓް އޮފީހަށް ޒިޔާރަތްކޮށްގެން ނުވަތަ މީޑިއާނެޓްގެ ވެބްސައިޓުން ނުވަތަ އެކުންފުނީގެ އޮފިޝަލް ބިޒްނަސް ޕާޓްނަރެއް މެދުވެރިކޮށް މަލްޓިސްކްރީން ހިދުމަތަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

comment ކޮމެންޓް