ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ޔޫރޯ މެޗުތައް ބެލޭނެ

ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މެދުވެރިކޮށް މިރޭ ފަށާ ރޯ 2020 ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފުޓުބޯޅައަށް ލޯބިކުރާ މީހުން ޔޫރޯ އަށް ތައްޔާރުވަމުން އަންނަ އިރު މުބާރާތުގެ ހުރިހާ މެޗެއް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ ކަމަށެވެ.

އެގޮތުން ސޮނީ ޓެން 2 އެޗްޑީ އަދި ލޯކަލް ބްރޯޑްކާސްޓަރ ރާއްޖެޓީވީ އިން މެޗުތައް ފެންނާނެ ކަމަށެވެ.

ދިރާގުން ބުނީ މީގެކުރިން ކެފޭ ތަކާއި ހިސާބުގަނޑުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ރައްޓެހިންނާ އާއިލާ އާއެކު ފުޓުބޯޅަ ބަލަމުންދިޔަ ނަމަވެސް، ކޮވިޑް19 ގެ ހާލަތާ ގުޅިގެން ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތައް ބަލާލެވޭނެ ކަމަށެވެ.

ޔޫރޯގެ އިތުރުން ވެސް މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެ އެވެ.

ހަމައެއާއެކު ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް، ޖީއެސްޓީ އާ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް ޔޫރޯ2020ގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯނު ފަދަ ޑިވައިސްތަކުން ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެ އެވެ.

ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި އެކުންފުނިން ވަނީ ގިނަ އޮފާތަކެއް ތައާރަފުކޮށްފަ އެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓް ޑޭޓާ، ޖޫން 2021ގެ ނިޔަލަށް ލިބިގެންދާނެ އެވެ.

ހަމަ އެހެންމެ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ޔޫރޯ2020 ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޔޫރޯ2020 ގެ މެޗްތައް ފަށަން ހަމަ ޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

comment ކޮމެންޓް