ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ 

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަމަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ 60 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު 07:05 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 192 ވަނަ މީހާ އެވެ.

ކޮވިޑް ފެތުރުން އިންތިހާއަށް ދިއުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ދަށް ވާން ފަށައިފަ އެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 323 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިވަގުތު 14،281 މީހަކު ބަލި ޖެހިފައި ތިބި އިރު، އެޑްމިޓްކޮށްގެން ފަރުވާ ދެނީ 115 މީހަކަށެވެ.

comment ކޮމެންޓް