މިއަދު ޕޮޒިޓިވްވީ 323 މީހުން، މާލެއިން 163

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 323 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް19ގެ މިއަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރޭ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާ ދެމެދު ރާއްޖެއިން 3،819 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.

އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ މާލެ އިން 163 މީހަކާއި އަތޮޅުތެރެއިން 143 މީހެކެވެ. އަދި ރިޒޯޓުތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 68,536 އެވެ. އޭގެ ތެރެއިން 55,055 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު ކޮވިޑް19 ޖެހިފައި ތިބި މީހުންގެ އަދަދަކީ 14,281 އެވެ.

މިވަގުތު ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކޮވިޑް19 ބަލިމީހުންގެ އަދަދުވެސް ވަނީ މަދުވެފަ އެވެ. މިދިޔަ މަހުގެ ތެރޭގައި މި އަދަދު 300 އާ ގާތްކުރާ އަދަދަށް އެރި ނަމަވެސް މިއަދު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 115 މީހަކަށެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މުޅި ރާއްޖެއިން 400 މީހަކު ކޮވިޑް19 ވެކްސިނުގެ ފުރަތަމަ ޑޯޒު, އަދި 812 މީހަކު ދެވަނަ ޑޯޒު ޖަހާފައިވެއެވެ.

comment ކޮމެންޓް