އަންހެން ކުދިންގެ ޒާތީ މައުލޫމާތު ވިއްކާ ގްރޫޕުގެ މައްސަލަ ބަލަން ފަށައިފި

ދެ މީހަކުވެގެން ފޯނަކަށް ބަލަހައްޓައިގެން: ފައިލް ފޮޓޯ

އަންހެން ކުދިންގެ ޒާތީ މައުލޫމާތު ވިއްކާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އެ ގްރޫޕުގައި އަންހެން ކުދިންގެ ފޯނު ނަންބަރާއި، ސްނެޕްޗެޓް އައިޑީތަކާއި ފޮޓޯ އަންނަނީ ވިއްކަމުންނެވެ.

އެ ގްރޫޕުގެ މައްސަލަ ޓުވިޓާގައި މީހަކު ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އެ ގްރޫޕް ހިންގާ މީހާހެގ މައުލޫމާތު ވެސް ވަނީ އާންމުކޮށްފަ އެވެ.

އެ ގްރޫޕުގައި އަންހެން ކުދިންގެ ފޮޓޯ ފޮނުވާ، އިތުރު މައުލޫމާތު ބޭނުންވާނަމަ އެކައުންޓަކަށް ފައިސާ ޓްރާންސްފާ ކުރަން އަންނަނީ ބުނަމުންނެވެ. އެ ގްރޫޕުގައި 500 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

ރައީށް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކަން މަސައްކަތް ކުރާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ މިހާރު ތަހުގީގު ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް