އެޑްވަޓޯރިއަލް: ލައިފްސަޕޯޓުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޕްރޮގްރާމު ފަށައިފި

މި އަހަރަކީ ލައިފް ސަޕޯޓްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރެވެ. އެގޮތުން ޖޫންމަހުގެ 10 ވަނަ ދުވަހާ ދިމާކޮށް، ކުންފުނީގެ 10 އަހަރުގެ ހިދުމަތް ފާހަގަކުރުމަށް ވަނީ ރޭވިފަ އެވެ.

ރައްޔިތުންނަށް ސިއްޙީ ހިދުމަތް ދިނުމަށްޓަކައި މި ކުންފުނި ވުޖޫދަށް އައީ ހަޔެއް ޖޫން 2011 އަހަރުގަ އެވެ. ކުންފުނިން ދޭ ހިދުމަތްތަށް ފުޅާކުރުމުގެ ގޮތުން ކުންފުނީގެ މައިގަނޑު އަސާސްކަމުގައިވާ ފާމަސޫޓިކަލްގެ އިތުރުން، ނިއުޓްރިޝަންލް، މެޑިކަލް ކޮންސިއުމަބަލްސް، ޖެނެރަލް ކޮންސިއުމަބަލްސް ރީޓެއިލް އަދި ހޯލްސޭލް ކުރުމުގެ އިތުރުން ހެލްތްކެއާ ސާވިސްގެ ހިދުމަތްދަނީ ދެމުންނެވެ.

ދިހަ މުވައްޒަފުންނާއެކު ބޭހުގެ ވިޔަފާރިއަށް ނިކުމެ އަހަރުން އަހަރަށް ވިޔަފާރި ފުޅާކުރަމާއެކު މިއަދު ލައިފްސަޕޯޓުގައި ޖުމްލަ 54 މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެ އެވެ. ވޭތުވެ ދިޔަ 10 އަހަރަށް ބަލާލާއިރު ދުނިޔޭގެ މަޤްބޫލްކަން ލިބިފައިވާ ގިނަ ކުންފުނިތަކުގެ އުފެއްދުންތައް ރާއްޖެ ގެނެސް މާކެޓްކޮށް އެތަކެތި ކަސްޓަމަރުންނާއި ހަމައަށް ދަނީ ފޯރުކޮށްދެމުންނެވެ.

މި ގޮތުން އެބޮޓް ފާމަސޫޓިކަލް، އެބޮޓް ނިއުޓްރިޝަން، ކިން، ފާމިކްސް، ބެލާ ސަނިޓަރީ ، ހެޕީ ޑައެޕާރ، ސެނީ ބޮޑެތި ބޭފުޅުންނަށް ހާއްސަ ޑައެޕާ، ސްޓާ ބާމް އަދި ޕިޖަން ބްރޭންޑަކީ ފާހަގަ ކޮށްލެވޭ ބްރޭންޑްތަކެވެ.

ލައިފް ސަޕޯޓަކީ މިއަދު ރާއްޖޭގައި ގިނަ ފާމަސީތަކެއް އޮޕަރޭޓް ކުރަމުންދާ ކުންފުންޏެކެވެ. މިގޮތުން މާލޭގައި ލައިފް ސަޕޯޓް ވައިޓަލް ކެއާ، އެލްއެސް ވައިޓަލް ކެއާ 7ގެ ނަމުގައި ފާމަސީތައް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން ފ.ނިލަންދޫގައި އަދި އައްޑޫސިޓީ ހިތަދޫގައި ވެސް ފަމާސީގެ ހިދުމަތް ވަނީ ތައާރަފް ކޮށްފަ އެވެ. ހަމަ މިއާ އެކު ޕާސަންލް ކެއާ އަދި ކޮސްމެޓިކްސްއަށް ހާއްސަކޮށްގެން ސަފާޔާގެ ނަމުގައި ފިހާރައެއް ވަނިހުޅުވައިފަ އެވެ.

ފާމަސީގެ 24 ގަޑިއިރުގެ ހިދުމަތް ލިބޭގޮތަށް އާސަންދަ، އެލައިޑް އަދި އަމާނަތަކަފުލް ގެ އިންޝުއަރަންސްގެ ހިދުމަތް ލިބޭ ގޮތަށް ލައިފް ސަޕޯޓް ފާމަސީ- އައިޖީއެެމްއެޗްގެ ނަމުގައި އައިޖީއެމް ހޮސްޕިޓަލްގައި ފާމަސީއެއް ހިންގަމުންދެ އެވެ. ހަމަ މި އާއެކު އީކޮމާސް ތައާރަފު ކުރުމުގެ ގޮތުން ފާމަސީއެމްވީގެ ނަމުގައި އޮންލައިންކޮށް ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރިން ކޮސްމެޓިކްސްއާއި ޕާސަނަލް ހައިޖީންއަށް ބޭނުންވާތަކެތި އޮންލައިންކޮށް އޯޑަރު ކުރެވޭނެ އެޕްލިކޭޝަނެއް ވަނީ ތައާރަފުކޮށްފަ އެވެ.

ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ސިއްހީގޮތުން ދުޅަހެޔޮކަމަށް ހޭލުންތެރި މުޖުތަމައެއްބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ކަންކަމުގައި ބައިވެރިވުމެވެ. މި ކުންފުނިން އަބަދުވެސް ކަށަވަރުކުރަނީ ދޭ ހިދުމަތްތަކާއި ފޯރުކޮށްދޭ ތަކެއްޗަކި މިކުންފުނީގެ އަސާސްތަކާއި އެއްގޮތަށް ފޯރުކޮށްދެވޭ ހިދުމަތާއި ތަކެއްޗަށް ހެދުމަށެވެ.

މިގޮތުން ގިނަ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ. މި ދަތި އުނދަގޫ ވަގުތުގައި ވެސް ކުންފުނީގެ ވެރިންނާއި ހީވާގި މުވައްޒަފުންގެ މަސައްކަތުން ކުންފުނިން ދެމުންދާ ހިދުމަތްތައް އެންމެ ފުރިހަމައަށް ކަސްޓަމަރުންނާއި ހަމައަށް ދަނީ ފޯރުކޮށްދެވެމުންނެވެ.

ކުރިއަށްއޮތްތަނުގައި ކުރުމަށް ހުރި ކަންތަކުގެ ތެރޭގައި މި އިންޑަސްޓްރީ ތަރައްގީކުރުމަށްޓަކައި ޑަކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ބޭރުގެ ކަމާއިބެހޭ މާހިރުން ގެނެސް ވޯކްށޮޝޮޕްތައް ބޭއްވުމާއި، ބޭސް އުފައްދާ ކުންފުނިތަކުން ޝާއިއު ކުރާ ބޭހާއި ބެހޭގޮތުން ރިސާޗްތައް ކަމާބެހޭ މާހިރުންނާއި ހަމައަށް ފޯރުކޮށްދިނުން ހިމެނެ އެވެ.

ހަމައެހެންމެ ރާއްޖޭގެ އެކި ބަލިތަކަށް ރައްކާތެރިވެ އެކެއެކި ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތަކަށް ހާއްސައެހީތެރިކަން ފޯރުކޮށްދިނުމާއި، ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރަންޖެހޭ ކަންތައްކުގައި މިކުންފުނީގެ ކެޕޭސިޓީން އެކަމަކަށްބޭނުންވާ ރިސޯސް ހޯދައިދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަޅުތަކާއި ހޭލުންތެރިކުރުމުގެ ގޮތުން ހިންގިދާނެ އެކިއެކި ކަންކަމުގައި ތަމްރީން ދިނުމާއި އެކަމުގައި ލިބެންޖެހޭ މައުލޫމާތު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އަހައްމިޔަތުކަމެއް ދިނުމަށް ވަނީ ރޭވިފަ އެވެ.

ދުޅަހެޔޮ ސިއްހަތަކަށް ޕްރޮމޯޓްކުރުމުގެ ގޮތުން މާލޭގެ އިތުރުން އަތޮޅުތެރޭގައި ވޯކްޝޮޕް، ޓްރެއިނިންގް ޕްރޮގްރާމްގެ ހިންގުމުގެ އިތުރުން ސިއްހަތާއި ގުޅުންހުރި ހަރަކާތްތަކެއް ހިންގާ އަމިއްލަ ޖަމިއްޔާތަކާއި މުއައްސަސަތަކުން ކުރާ ކަންތައްތަކުގައި މިހާރަށް ވުރެ ބޮޑު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮއްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ވަނީ ރޭވިފަ އެވެ.

މި ހުރިހާ ކަމެއްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް ލައިފް ސަޕޯޓްގެ ކޮންމެވެސް އެ ހިދުމަތެއް ލިބޭ ނުވަތަ ލިބިފައިވާ ބަޔަކަށް ވުމުގެ އިތުރުން މި ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުން ހޯދަން ބޭނުންވާ ފެންވަރުގެ ހިދުމަތާއި ތަކެތި ފޯރުކޮށްދޭ ކުންފުންޏަކަށްވުމެވެ.

comment ކޮމެންޓް