ޓްރީޓޮޕުން ހޯމް ކެއާގެ ހިދުމަތް، ގެއަށް ގޮސްފަރުވާ

ޓްރީޓޮޕްގެ މުވައްޒަފުން ގެއަށް ގޮސް ހިދުމަތް ދެނީ -- ފޮޓޯ/ ޓްރީޓޮޕް

ބަލިމީހާ ކައިރިއަށް ގެއަށް ޒިޔާރަތްކޮށްގެން ފަރުވާދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ހޯމް ކެއާގެ ހިދުމަތް ތައާރަފު ކޮށްފި އެވެ. މިއީ ބަލިމީހާ އަށް ރައްކާތެރިކަމާ ފަސޭހަ ކަމާއެކު ގޭގައި ހުރެގެން ފަރުވާ ހޯދުމަށް ތައާރަފުކުރި ހިދުމަތެކެވެ.

ހޯމް ކެއާގެ ހިދުމަތުގެ ތެރެއިން ޖެނެރަލް ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން ސްޕެޝަލިސްޓު ކޮންސަލްޓޭޝަނާއި ސުޕަ ސްޕެޝަލިސްޓު ކޮންސަލްޓޭޝަންގެ ހިދުމަތްވެސްދެ އެވެ. އަދި ލެބޯޓްރީ ޓެސްޓުތައް ހެދުމަށް ނަގަންޖެހޭ ސާމްޕަލް ނެގުމުގެ ހިދުމަތުގެ އިތުރުން ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމާއި ބޭސް ސިޓީ އަށް ބޭސް ނަގައި ގެއަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސްދެ އެވެ.

ޓްރީޓޮޕުން ގެއަށް ގޮސް ޓެސްޓްތައް ވެސް ހަދައިދޭނެ -- ފޮޓޯ/ ޓްރީޓޮޕް

މިއީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްގެން ފަރުވާ ހޯދަން ދަތި މީހުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި ހިދުމަތަކަށް ވާއިރު، ހިދުމަތް ލިބިގަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުން ހޯމް ކެއާގެ ހިދުމަތް ޓްރީޓޮޕުން ހަމަޖައްސައިދޭނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ހޯމްކެއާގެ ހިދުމަތް ފޯރުކޮށްދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އެގޮތުން ހާއްސަ ސޭފްޓީ ޕްރޮޓޮކޯލްތަކެއް ކަނޑައަޅާފައިވާ ކަމަށާއި، ބަލިމީހާގެ ގެއަށް ޒިޔާރަތްކުރާ ސިއްހީ އެހީތެރިން ތިބޭނީ ޕީޕީއީ އަޅައިގެން ކަމަށެވެ. އަދި ސެނިޓައިޒޭޝަން އާއި ޓެމްޕަރޭޗާ މޮނީޓަރިން އަށްވެސް ހާއްސަ ގައިޑްލައިންތަކެއް އެކުލަވާލާ، އަމަލު ކުރަމުންދާނެ އެވެ.

ޓްރީޓޮޕްގެ ހޯމް ކެއާގެ ހިދުމަތް -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

ހޯމް ކެއާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނީ ތަޖުރިބާހުރި ސިއްހީ އެހީތެރިންނެވެ. އެންމެ ފަހުގެ ޓެކްނޮލަޖީ އާއި ކޮލެޓީ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުމަށް އަބަދު ވެސް ޓްރީޓޮޕުން މަސައްކަތް ކުރާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕްގެ ހޯމް ކެއާގެ ހިދުމަތް -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

comment ކޮމެންޓް