އެމްއޭސީއެލްގެ ޕްރޮޖެކްޓުތަކަށް ދިވެހިން ހޯދަނީ

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށް ގެންދާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަށް ފަންނީ ދިވެހިން ބޭނުންވާ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ ތަރައްގީއަށް ހިންގާ ޕްރޮޖެކްޓުތައް ނިމުމުން އެއާޕޯޓުން ހިދުމަތްދޭ ފަސިންޖަރުންގެ އަދަދު އިތުރުވެ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ ކަމަށެވެ.

ވީއައިއޭގެ ތަރައްގީގެ ޕްރޮޖެކްޓުތައް މިހާރުވެސް ކުރިއަށް ދާއިރު، ޕްރޮޖެކްޓުތަކުގެ މަސައްކަތަށް ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި ޕްރޮޖެކްޓުތަކުގެ މަސައްކަތަށް ގާބިލު ޓީމެއް އެކުލަވާލުމަށް ގިނަ މަގާމުތަކަކަށް ބޭނުންވާ ދިވެހިން ހޯދަން އިއުލާނު ކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޑިސެމްބަރ 18، 2019: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ދައްކާލުން: މަޝްރޫއު ނިމި ހުރިހާ ހިދުމަތެއް ދޭން ފެށޭނީ 2022 ވަނަ އަހަރު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްއޭސީއެލް އިން ބުނީ ސީނިއާ ޑިވެލޮޕްމެންޓު މެނޭޖަރަކާއި ފަސް ޑިވެލޮޕްމެންޓު މެނޭޖަރުން އަދި ދެ ޕްރޮޖެކްޓު މެނޭޖަރުންނާއި ދެ ޕްރޮޖެކްޓު އޮފިސަރުން ހޯދަން މިހާރު އިއުލާނުކޮށްފައިވާނެ ކަމަށެވެ.

މި މަގާމުތަކަށް ކުރިމަތިލާ ދިވެހިންގެ ތެރެއިން ވަޒީފާ އަށް ހޮވޭ ފަރާތްތަކަށް، އެއާޕޯޓުގައި މިހާރު ކުރިއަށްދާ ބޮޑެތި ޕްރޮޖެކްޓު ތަކުގެ ތެރެއން އެމީހަކު ބޭނުންވާ ދާއިރާއަކުން ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވަޒީފާތަކަށް ހޮވޭ ފަރާތްތަކުން މަސައްކަތްކުރާނީ އެމްއޭސީއެލްގެ ޕްރޮޖެކްޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ޕްރޮޖެކްޓު މެނޭޖުމެންޓު އަދި އިންޖިނިއަރިންގެ ދާއިރާގެ ތަމްރީނާ ތަޖުރިބަ ލިބިފައިވާ ޓީމާއެކު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި އަލަށް މަގާމުތަކަށް ހިވޭ ފަރާތްތަކަށް އެއާޕޯޓުގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ފަރާތްތަކާއެކު މަސައްކަތްކޮށް، ދާއިރާ އިން ކުރިއެރުމަށް ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.

ޑިސެމްބަރ 18، 2019: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ދައްކާލުން: މަޝްރޫއު ނިމި ހުރިހާ ހިދުމަތެއް ދޭން ފެށޭނީ 2022 ވަނަ އަހަރު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްއޭސީއެލް އިން ބުނީ ކުންފުނީގެ އަމާޒަކީ ހިންގުންތެރި، މަސައްކަތަށް ގާބިލު މީހުން ބިނާކުރުން ކަމަށެެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓިގެ ތަރައްގީގެ މަޝްރޫއުގެ ދަށުން އާ ރަންވޭ އެއްގާއިމްކޮށް އާ ޕެސެންޖާ ޓާމިނަލްއަކާއި ކާގޯ ޓާމިނަލުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެެ. މީގެ އިތުުރުން އާ ވީއައިޕީ ޓާމިނަލަކަާއި ސީޕްލޭން ޓާމިނަލެއް ތަރައްގީކުރާއިރު އާ ފިއުލް ފާމެއްވެސް ތަރައްގީކޮށްފައިވެއެވެ.

ތަރައްގީގެ މަޝްރޫއު ނިމުމުން އަހަރު ވީއައިއޭއިން ހިދުމަތްދެވޭ ފަސިންޖަރުންގެ އަދަދު 7.5 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެ އެވެ.

comment ކޮމެންޓް