ލައިސެންސް ކާޑާއި ރަޖިސްޓްރީ ދޫކުރަން މެޝިނެއް ބަހައްޓައިފި

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކަލެކްޝަން ސްޓޭޝަން ކައިރީގައި މަޑުކޮށްލައިގެން ---

މޯލްޑިވްސް ޓްރާންސްޕޯޓު އެތޯރިޓީން ދޫކުރަމުންދާ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ދޫކުރަން ހާއްސަ މެޝިނެއް ބަހައްޓައިފި އެވެ.

މީގެ ކުރިން އެކަން ކުރަމުން އައީ ކިއު ނަންބަރު ދޫކޮށްގެން އެ އޮތޯރިޓީގެ ކައުންޓަރުންނެވެ.

ޓްރާންސްޕޯޓު މިިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ, ލައިސަންސް ކާޑާއި ރަޖިސްޓަރީތައް ދެން ދޫކުރަމުންގެންދާނީ އެ އޮފީހުގެ ދެ ވަނަ ފަންގިފިލާގައި ބަހައްޓާފައިވާ ސެލްފް ކަލެކްޝަން ސްޓޭޝަންއިން ކަމަށެވެ.

އެ ހިދުމަތް މިއަދު ފައްޓަވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެ ހިދުމަތް މިއަދު ފެށިނަމަވެސް, ކޮވިޑާ ގުޅިގެން ލައިންސަންސް އާ ކުރުމާއި ލައިންސަންސް ކާޑު ހެދުން ވަނީ ހުއްޓާލާފައެވެ.

comment ކޮމެންޓް