"ލޮކް އެންޑް ކީ 2" އަންނަ އޮކްޓޯބަރު މަހު

ދެވަނަ ސީޒަންގެ މަންޒަރެއް--

ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "ލޮކް އެންޑް ކީ"ގެ ދެވަނަ ސީޒަނެއް ގެނެސްދޭނެކަން ނެޓްފްލިކްސް އިން އިއުލާންކޮށްފައިވާއިރު އެ ސީރީޒްގެ ދެވަނަ ސީޒަން އަންނަ އޮކްޓޯބަރު މަހު ޕްރިމިއާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ސީރީޒްގެ ދެވަނަ ސީޒަން އޮކްޓޯބަރު މަހު އަންނަކަން ސީރީޒްގެ ކާސްޓުން ހާމަކުރިއިރު ދެވަނަ ސީޒަންގެ ބައެއް ފޮޓޯ މަންޒަރުތަކެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ. ލޮކް އެންޑް ކީގެ ދެވަނަ ސީޒަން އޮކްޓޯބަރު މަހު އަންނަކަން އިއުލާންކުރި ނަމަވެސް ދައްކާނެ ތާރީޚެއް އިއުލާންކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް ދައްކާފައިވާއިރު އެ ސީރީޒް ވެގެން ގޮސްފައިވަނީ ދިވެހިން ވެސް އެންމެ ގިނައިން ބެލި އެ ސީރީޒްއަށެވެ. ނެޓްފްލިކްސްގެ ލިސްޓުގައި "ލޮކް އެންޑް ކީ" އަށް ދެވަނަ ވެސް ވަނީ ލިބިފަ އެވެ.

އާދަޔާ ހިލާފު ގެއަކުން ފެންނަ ތަޅުދަނޑިތަކުގައި ޖާދޫވީ ބާރު ހުންނަކަން ދައްކުވައިދޭ އެ ޝޯ ވަނީ ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފަ އެވެ.

comment ކޮމެންޓް