ބަތަލާ އެވެލީން ކައިވެނިކުރި ކަން ހާމަކޮށްފި

ބަތަލާ އެވެލީން އާ އޭނާގެ ފިރިމީހާ ތުޝާން---

ކައިވެނިކުރިތާ މަހެއްވާން އުޅެނިކޮށް ބޮލީވުޑްގެ ބަތަލާ އެވެލީން ޝަރްމާ,34، ކައިވެނިކުރި ކަން ހާމަކޮށްފި އެވެ.

ޖަރުމަނަށް އުފަން ބޮލީވުޑްގެ ތަރި އެވެލީން ކައިވެނިކުރީ ވިޔަފާރިވެރިޔާ ތުޝާން ބިންދީއާ އެވެ. ތުޝާން އަކީ ދަތުގެ ޑަކްޓަރެއް ވެސްމެ އެވެ. ކައިވެނިކުރިކަން ހާމަކުރަމުން އެވެލީން ވަނީ އެދެމީހުން ކައިވެނިކުރި ދުވަހު ނަގާފައިވާ ފޮޓޯޓަކެއް އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފަ އެވެ.

ދެ ފަރާތުގެ އާއިލާއިން މި ކައިވެނި ހަފްލާގައި ބައިވެރިވިއިރު ކައިވެނި ހަފްލާ ބޭއްވީ ކަންޓްރީ ސްޓައިލަށެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެނިގެންދާ ބަތަލާ އެވެލީން އާ ތުޝާން އެންގޭޖްވީ 2019 ވަނަ އަހަރުގައެވެ. އެވަލީން ބޮލީވުޑަށް ނުކުތީ 2012 އަހަރު ނުކުތް ފިލްމު "ފްރޮމް ސިޑްނީ ވިތު ލަވް" އިންނެވެ. އޭނާ ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޔޭ ޖަވާނީ ހޭ ދިވާނީ"، މޭ ތޭރާ ހީރޯ" އަދި "ޔާރިއާން" ހިމެނެއެވެ.

comment ކޮމެންޓް