ޗުއްޓީއަށް އިންޑިއާއަށް ދާ ޓީޗަރުންނަށް ހާއްސަ އިތުރު ފްލައިޓު

ސްކޫލު ބަންދާ ދިމާކޮށް އިންޑިއާ އަށް ދާ ޓީޗަރުންނަށް ހާއްސަކޮށްގެން އިތުރު ފްލައިޓުތަކެއް ބާއްވަން މޯލްޑިވިއަން އިން ނިންމައިފި އެވެ.

މޯލްޑިވިއަން އިން މީގެ ކުރިން ވަނީ ކޮޗިން އަދި ޓްރެވިންޑްރަމް އަށް ހާއްސަ ފްލައިޓުތަކެއް ޖޫން 24 ގައި ބާއްވަން ނިންމައިފަ އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ސްކޫލު ޗުއްޓީ އާއި ދިމާކޮށް އެނބުރި ގައުމަށް ދާ އިންޑިއާ ޓީޗަރުންނަށް ހާއްސަ އިތުރު ދެ ފްލައިޓު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހު ކޮޗިން އަށް ދަތުރު ބާއްވާއިރު 19 ވަނަ ދުވަހު ޓްރެވިންޑްރަމް އަށް ދަތުރު ބާއްވާނެ ކަމަށް ބުންޏެވެ.

ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފަށާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ގިނަ ބިދޭސީ ޓީޗަރުން ނިސްބަތްވަނީ އިންޑިއާ އަށެވެ.

comment ކޮމެންޓް