އުމުރުން 100 އަހަރުގެ މީހަކު ކޮވިޑް ޖެހިގެން މަރުވެއްޖެ

އުމުރުން 100 އަހަރުގެ މީހަކު ކޮވިޑް ޖެހިގެން މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، ޑީއެޗް11ގައި ފަރުވާ ހޯދަމުންދިޔަ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައި ވަނީ، މިއަދު ހެނދުނު 9:33ގައި އެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 187އަކަށް އަރައިފަ އެވެ.

މިއަދު މިހާތަނަށް ދެ މީހަކު މަރުވެފައިވެ އެވެ. ފުރަތަމަ މަރުވި މީހަކީ، އުމުރުން 86 އަހަރުގެ މީހެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އެ މީހާ މަރުވީ ރޭ ދަންވަރު 12:19ގައި އެވެ.

މިދިޔަ މެއި މަހަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް ޖެހިގެން މީހުން މަރުވި މަހެވެ. އެގޮތުން މޭ މަހު އެކަނި 88 މީހަކު ކޮވިޑުގައި މަރުވެފައިވެއެވެ. މި މަހުގެ މިހާތަނަށް މި ހިނގައި ދިޔަ ހަތް ދުވަސް ތެރޭ މަރުވި މީހުންގެ އަދަދު 25އަށް އަރައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް