އިތުރު 412 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު 753 މީހަކު ބަލިން ރަނގަޅު ވެއްޖެ

މޭ 28، 2021: ބަޔަކު މާސްކް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އިން އިތުރު 412 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މި އާ ކޭސްތަކާ އެކު ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 19،670 ބަޔަކު އެބަ ތިއްބެވެ. ޖުމްލަ ޕޮޒިޓިވްވި މިހުންގެ އަދަދު މިވަނީ 67،950 އަށް އަރައިފަ އެވެ.

އެޑްމިޓްކޮށްގެން ފަރުވާދެމުންދާ 166 މީހަކު އެބަތިބި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކުވައިދެ އެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 239 މީހުންނަކީ ގްރޭޓާ މާލޭ އޭރިއާއިން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތެރޭ އެހެން ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 162 އެވެ. ޖުމްލަ 11 މީހަކު ވަނީ ރިސޯޓުތަކުން ޕޮޒިޓިވްވެފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނަކީ 5،082 ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަދު 753 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލިން ޖުމްލަ ރަނގަޅުވީ މީހުންގެ އަދަދު މިއާއެކު ވަނީ 48،086 އަށް އަރައިފަ އެވެ.

ބަލީގައި މިހާތަނަށް 185 މީހަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

comment ކޮމެންޓް