ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ އިތުރު ހާދިސާއެއް ހިނގައިފި

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ އިތުރު ހާދިސާއެއް ހިނގައި، ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގެ ދެވަނަ އިމާރާތުގައި ހުރި ގުދަނެއްގައި ކަމަށެވެ. ރޯވެފައި ވަނީ އެއްޗެހި ރައްކާކުރުމަށް އެ އިމާާތުގެ ޓެރަސްގައި ހަދާފައި ހުރި ގުދަނުގަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 10:46 ހާއިރު ކަމަށާއި މިހާރު ރޯވި އަލިފާން މުޅިން ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ވެސް ކުޑަކުދިންގެ ހިޔާގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އެ ފަހަރު ރޯވީ ކުޑަކުދިންގެ ހިޔާގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެމްއެންޑީއެފް އިން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ހިޔާގައި ދިރިއުޅޭ ކުދިންގެ އަންނައުނާއި، ބޫޓު ބަހައްޓާފައި ހުރި ކަބަޑުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.

comment ކޮމެންޓް