ކުޑަވިލިނގިލީގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

ކުޑަވިލިނގިލި ރިސޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ޓްރެވަލްޓްރޭޑް މޯލްޑިވްސް

ކ. ކުޑަވިލިނގިލީގައި ތަރައްގީ ކުރި މަތީ ފަންތީގެ ރިސޯޓު ހުޅުވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑު ބޯޓުގައި 30 މިނެޓުން ދެވޭ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ކުޑަ ވިލިނގިލި ރިސޯޓު ހުޅުވާފައި ވަނީ އިއްޔެ އެވެ. ރިސޯޓު ހުޅުވައިދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރެވެ.

ކުޑަވިލިނގިލި ތަރައްގީކޮށްފައިވަނީ އިންޑިއާގެ އެމްފާ ގްރޫޕުންނެވެެ.

ކުޑަވިލިނގިލި ރިސޯޓު

ކުޑަވިލިގިލި ރިސޯޓު ތަރައްގީ ކރުުމަށް 130 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވެ އެވެ. އެމްފާ ގްރޫޕުން 2013 ވަނަ އަހަރު ކުޑަވިލިނގިލި ގަނެފައިވަނީ 15 އަހަރަށެވެ.

އެ ރިސޯޓުގައި 95 ވިލާ ތަރައްގީކޮށްފައިވާއިރު، އޭގެ ތެރޭގައި 36 އޯވާ ވޯޓާ ވިލާ އާއި 59 ބީޗް ވިލާ ހިމެނެ އެވެ. ކުޑަވިލިނގިލި އޮންނަ ސަރަހައްދަކީ މަގުބޫލު ސާފިން ސްޕޮޓެެއް ހިމެނޭ ސަރަހައްދެކެވެ.

ކުޑަވިލިނގިލި ރިސޯޓު ---

ދިވެހި އާކިޓެކްޗަރަލް ފާމަކާއި ސިބްގަޕޫރުގެ އިންޓީރިއާ ޑިޒައިނިން ކުންފުންޏެއް ގުޅިގެން ފަރުމާކޮށްފައިވާ ކުޑަވިލިނގިލި ރިސޯޓުން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ކެއުމުގެ ރަހަތައް ލިބޭނެ އެވެ.

މިއީ ހަނީމޫނަށް ރާއްޖެ އަންނަ މީހުންނަށާއި ލޯބިވެރިންނަށް އަދި އާއިލާތަކާއި ރައްޓެހިންނަށް ވެސް ހާއްސަ ރިސޯޓެކެވެ.

comment ކޮމެންޓް