ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލިޓީ: އެ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ގިނަ ބަޔަކު އަންނަނީ މަރުވަމުން --- ފޮޓޯ: ޕީއެސްއެމް

ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އެޗުޕީއޭ އިން މިއަދު ބުނީ އެއީ އުމުރުން 93 އަހަރުގެ މީހެއް ކަމަށެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އެއީ ކ.ގުރައިދު އަށް ނިސްބަތްވާ ފިރިހެނެކެވެ.

މިއީ ކޮވިޑްގައި ރާއްޖެ އިން މަރުވި 183 ވަނަ މީހާ އެވެ.

އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހު މުޅި ރާއްޖެ އިން 590 މީހަކު ވަނީ ޕޮސިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 389 މީހުންނަކީ ގްރޭޓާ މާލޭ އޭރިއާ އިން ބައްޔަށް ޕޮސިޓިވް މީހުންނެވެ.

އެޗުޕީއޭގެ ތަފާސް ހިސާބުތައް ބުނާ ގޮތުން ރާއްޖޭގެ 70 އަށް ވުރެގިނަ ރަށުގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. އެ ރަށްރަށް އޮތީ މޮނިޓަރިންގަ އެވެ.

comment ކޮމެންޓް