ޓޫރިޒަމް ރަންޔޫބީލްގެ ހަރަކާތްތައް ރާވަން ކޮމިޓީއެއް އެކުލަވާލައިފި

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިޔުމަށް "ޓޫރިޒަމް ގޯލްޑަން ޖުބްލީ ސްޓިއަރިން ކޮމެޓީ" އެކުލަވާލައި، އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ، އެ ކޮމެޓީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް، އިންޑަސްޓްރީ އާއި އިންޑަސްޓްރީ އާ ގުޅިފައިވާ ފަރާތްތަކުގެ ބައިވެރވުން އޮންނާނެހެން ސިޓީތަކާއި އަތޮޅުތަކުގައި ހަރަކާތްތައް ރާވާ ކުރިއަށް ގެންދިޔުން ކަމަށެވެ.

ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި، ގޯލްޑަން ޖުބްލީ ފާހަގަކުރުމަށް ކުރިއަށްގެންދަން ރާވާ އެކްޓިވިޓީ ކަލަންޑަރާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި ހަރަކާތްތަކަށް ބޭނުންވަ ބަޖެޓާއި އެހެން އިންތިޒާމުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރި ކަމަށް ޓޫރިޒަމް އިން ބުންޏެވެ.

އެ ކޮމެޓީގައި 11 މެންބަރުން ހިމެނޭއިރު ކޮމެޓީ އެކުލަވާލާފައިވަނީ ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާ ތަކުގެ މަޝްވަރާއާ އެެކު އެވެ. ކޮމެޓީގެ ޗެއާ އަކީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ޓޫރިޒަމް މިނސްޓްރީ އިން ބުނީ ޓޫރިޒަމް ގޯލްޑަން ޖުބުލީ އަށް ތައްޔާރުވުމަށް ހާއްސަ ޓާސްކު ފޯހެއްވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރާނީ އަންނަ އަހަރު އެވެ.

comment ކޮމެންޓް