ފަލަމީހުންނަށް ކޮވިޑްގެ ނުރައްކަލާއި ވޭން ބޮޑުކަން ދިރާސާއަކުން ހާމަވެއްޖެ

ލަންޑަން (ޖޫން 5) : އާދަޔަ ޚިލާފަށް ފަލަމީހުންގެ އިތުރުން ހަށިގަނޑުގައި ހުންނަންޖެހޭ ވަރަށްވުރެ ބަރުދަން އިތުރު މީހުންނަށްވެސް ކޮވިޑްގެ ނުރައްކާ ބޮޑުކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

މިދިރާސާ ގެ ނަތީޖާ ދައްކާގޮތުން މިފަދަ މީހުންނަށް ކޮވިޑް ޖެހުމުން އުފުލަންޖެހޭ ވޭންތައް ބޮޑުވެފައި އެބަލީ އަސަރު ކުރާމިންވަރު ވެސް ބޮޑެވެ. މީގެއިތުރުން އޭގެ ވޭންތައް ތަހައްމަލް ކުރަންޖެހޭ މުއްދަތުވެސް ދިގުކަން ދިރާސާއިންވަނީ ހާމަވެފައެވެ.

ހަކުރު ބައްޔާއި ފަލަވުމުގެ މައްސަލަތަކާގުޅޭ ގޮތުން ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރާ ޖަމްއިއްޔާ އަކުން ކުރި ދިރާސާއަކާ ހަވާލާދީ "ޑައެބީޓީސް، އޮބޭސިޓީ އެންޑް މެޓަބޮލިޒަމް" މަޖައްލާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އާދަޔަ ޚިލާފަށް ފަލަމީހުންނާއި ހަކުރުބަލިގެ މީހުންނާ އަދި ލޭމައްޗަށްދާ މީހުންނަށް ކޮވިޑް ޖެހުމުން ކުރާ އަސަރުތައް ވަރަށް ބޮޑުވެފައި އޭގެވޭންވެސް ވަރަށް ބޮޑެވެ.

މިފަދަ މީހުންގެ ތެރެއިން ބޮޑު ޕަސެންޓެއްގެ މީހުން ކޮވިޑް އިން ރަނގަޅުވުމަށްފަހުވެސް އެތައް މަހެއްވަންދެން އެމީހުންގެ ހަށިގަނޑުގެ ގުނަވަންތަކުގައި ވޭންއަޅައި ހިތުގެ މައްސަލަތައް ކުރިމަތިވެ ލޭގަނޑުވުންފަދަ ސްޓްރޯކަށް މަގުފަހިވަ ކަންތައްތައް ދިމާވަމުން ދެއެވެ. މި ރިޕޯޓް ބުނާގޮތުން ކޮވިޑް ޖެހި އެއިން ސަލާމަތްވުމަށްފަހުވެސް ފަލަމީހުންނާއި ހަކުރުބަލީގެ މީހުންނާ އަދި ލޭމައްޗަށްދާ މީހުންގެ ތެރެއިން ގަތްގަނޑަކަށް 44 އިންސައްތަ މީހުންނަށް ހަތަރުވަރަކަށް މަސްވާއިރުވެސް އޭގެ ވޭންތަކުން ސަލާމަތެއް ނުވެވެއެވެ.

މިފަދަ މީހުންގެ ތެރެއިން 44 އިންސައްތަ މީހުން ކޮވިޑުން ރަނގަޅުވުމަށްފަހުވެސް ކުރިން ދިމާނުވާ ސިއްހީ އެތަށް މައްސަލަތަކެއް ދިމާވެގެން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހިފައިވެއެވެ. މި ދިރާސާގައި ކޮވިޑް ޖެހުނު މިފަދަ ތިން ހަހެއްހާ މީހުންގެ ޙާލަތާއި މިފަދަ ބަލިތައް ނެތް މީހުންގެ ހާލަތު 10 މަސްވަންދެން މޮނިޓާކޮށް ބަލާފައިވެއެވެ.

މީގެއިތުރުން މިދިޔަ އަހަރު އެމެރިކާގައި ކުރި އެހެން ދިރާސާއަކުންވެސްވަނީ އާދަޔާ ޚިލާފަށް ފަލަމީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުކަން ހާމަވެފައެވެ. މިގޮތުން އެފަދަމީހުންނަށް ކޮވިޑް ޖެހުމުން އެ ބަލީގައި މަރުވުމުގެ ފުރުސަތު 60 އިންސައްތަ އިތުރުވާކަން އެދިރާސާއިންވަނީ ހާމަވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު