އަކްޝޭ ގެ އާ ފިލްމުގެ ޝޫޓިން ސެޕްޓެމްބަރު މަހު

ކުޅަދާނަ ފިލްމީ ތަރި އަކްޝޭ ކުމާރު

ބޮލީވުޑްގައި އުފެދުނު އެންމެ މޮލޫ އެކްޓަރުންގެ ތެރޭ ހިމެނޭ އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "އޯ މައި ގޯޑް 2"ގެޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދެހާސް ބާރައިގައި ރިލީޒްކުރި އަކްޝޭގެ ކޮމެޑީ މި ފިލްމުގެ ސީކުއަލްގެ ޝޫޓިން ސެޕްޓެމްބަރު މަހު ފެށޭތޯ މަސައްކަތް ކުރަމުން އަންނައިރު މި ފިލްމުގެ ކާސްޓާ އެކްޓަރު ޕަންކަޖް ތްރިޕަތީ ވެސް ވަނީ ގުޅިފައެވެ. މި ފިލްމުގެ ސްކްރީންޕްލޭ ވެސް ތައްޔާރުކޮށް ވަނީ ނިމިފައެވެ.

މި ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރީ އުމޭޝް ޝުކްލާއެވެ. އަދި އެ ފަހަރު އަކްޝޭ އާއެކު ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ ޕަރޭޝް ރާވަލް އެވެ. މި ފަހަރުގެ ފިލްމުގައި އޭނާއެއް ނުފެންނާނެއެވެ.

އޯ މައި ގޯޑް ގެ ޝޫޓިން ކުރިއަށް ދާނީ ދެ މަސް ދުވަހުގެ މުހުލަތަކަށެވެ. ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް މިހާރު ފަށާފައިވާއިރު މިހާރު އަންނަނީ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނީ ކޮން ކޮން ލޮކޭޝަންތަކެއްގައި ކަން ބަލަމުންނެވެ.

އެކްޓަރު އަކްޝޭ ކުޅެފައި ހުރި ފިލްމުތަކުން ރިލީޒްނުކުރާ ހަތަރު ފިލްމެއް އެބައޮތެވެ. އެއީ "ސޫރިޔަވަންޝީ"، ""އަތުރަންގީ ރޭ"، "ބެލް ބޮޓަމް" އަދި "ޕްރިތުވީރާޖް"އެވެ.

comment ކޮމެންޓް