ބޮލީވުޑްގެ ބަތަލާ ޔަމީ ގޯތަމް 32، ކައިވެނިކޮށްފިއެވެ.
ބަތަލާ ޔަމީ ކައިވެނިކުރީ ޑައިރެކްޓަރު އަދިތްޔާ ދަރް އާއެވެ. ދެ ފަންނާނުން ކައިވެނިކުރުމަށް ފަހު ވަނީ ދެމީހުންގެ އިންސްޓަގްރާމް އެކައުންޓުގައި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފައެވެ. ޔަމީ އާ އަދިތްޔާގެ ކައިވެނި ހަފްލާ ކުޑަގޮތަކަށް ބޭއްވިއިރު މި ހަފްލާގައި ބައިވެރިވީ ހަމައެކަނި ގާތް އާއިލާގެ މެންބަރުންނެވެ
ބަތަލާ ކައިވެނިކުރުމާއެކު ގިނަ އަދަދެއްގެ ފިލްމީ ތަރިން އަންނަނީދެމަފިރިިންނަށް މަރުހަބާ ކިޔަމުންނެވެ. ޔަމީ އާ އަދިތްޔާ އެކުގައި ވަނީ ފިލްމެއްގެ މަސައްކަތް ވެސް ކޮށްފައެވެ. އެއީ 2019 ވަނަ އަހަރު ނުކުތް "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އެވެ. މި ފިލްމުން އަދިތްޔާ އަށް ނޭޝަނަލް އެވޯޑު ވެސް ވަނީ ލިބިފައެވެ.
ބަތަލާ ޔަމީ އެންމެ އަވަހަށް ދެން ފެނިގެންދާނީ "އަ ދާޒްޑޭ" އިންނެވެ. އެ ފިލްމަކީ ޔަމީ ޕްލޭ ސްކޫލު ޓީޗަރެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ.