ޕޮލެންޑުގައި ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް

ޕޮލެންޑުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އިޓާކާ އާ ގުޅިގެން ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިނުގައި ޑިޖިޓަލް މާކެޓިން ހަރަކާތްތަކުގެ އިތުރުން އައުޓްޑޯ ހަރަކާތްތައްވެސް ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ޕޮލެންޑުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށާފައިވަނީ، އެގައުމުން ރާއްޖެއަށް ޗާޓަރު ދަތުރުތައް ކުރަމުންދާއިރު، މުޅި އަހަރަށް އެ ދަތުރުތައް ދަންމާލުމަށް، ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށެވެ.

ޕޮލެންޑުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ. މި ހަރަކާތްތަކުން 25 މިލިއަން މީހުންނަށް މެސެޖު ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެ އެވެ.

ޕޮލެންޑާ ރާއްޖެ އާއި ދެމެދު ޗާޓަރު ދަތުރުތައް ކުރާއިރު، އަހަރުގެ މިހާތަނަށް 7،700 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އެގައުމުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މިއާއެކު ޕޮލެންޑަކީ 12 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ.

comment ކޮމެންޓް