އެމެރިކާއިން ރާއްޖެއަށް އެމަޖެންސީ މެޑިކަލް އެހީ ފޮނުވަނީ

އެމެރިކާ އިން މީގެކުރިން ރާއްޖެއަށް މެޑިކަލް އެހީ ހަދިޔާކުރުން -- ފޮޓޯ/ ޔޫއެސް މިޝަން ޓު މޯލްޑިވްސް

ކޮވިޑް19 އިން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމަށް، އެމާޖެންސީ މެޑިކަލް އެހީ ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ބުނީ ދެކުނު އޭޝިއާގެ ގައުމުތަކުން ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އޭޖެންސީން ބުނީ ރާއްޖެއާއި ޕާކިސްތާން އަދި ސްރީލަންކާއަށް ވައިގެ މަގުން އެމާޖެންސީ މެޑިކަލް ސަޕްލައި ފޯރުކޮށްދޭން ނިންމައި، އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް 600 ޕަލްސް އޮކްސިމީޓަރާއި، ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް 292،000 ޕީޕީއީ ކިޓު ފޮނުވާނެ ކަމަށް ބުންޏެވެ.

މީގެކުރިންވެސް އެމެރިކާއިން ވަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން 9.1 މިލިއަން ޑޮލަރުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި 60 ވެންޓިލޭޓަރު ހިމެނެ އެވެ.

އެމެރިކ ާއިން ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ވެސް ދެކުނު އޭޝިއާގެ ގައުމުތަކަށް އިތުރު އެހީ ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

https://sun.mv/143449

comment ކޮމެންޓް