"ޔޭ ޖަވާނީ ހޭ ދިވާނީ"ގެ ސީކުއަލެއް ހަދަނީ؟

ފިލްމުގެ ތަރިން---

އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދި ފިލްމު "ޔޭ ޖަވާނީހޭ ދިވާނީ"ގެ ސީކުއަލެއް ހަދާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

އަސަރުގަދަ ލޯބީގެ ފިލްމު ޔޭ ޖަވާނީ ހޭ ދިވާނީއަށް އަށް އަހަރު ފުރުމާއެކު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ކަޕޫރު ބުނީ މި ފިލްމުގެ ސީކުއަލެއް ހަދަން ޑައިރެކްޓަރު އަޔާން މުކަރްޖީވަރަށް ބޭނުންވާ ކަމަށާއި އޭގެ ސްޓްރީ ލައިން ވެސް ގެންދާނެ ގޮތް މިހާރު ރާވާފައިވާ ކަމަށެވެ.

ރަންބީރުގެ އިތުރުން މި ފިލްމުގެ މައިގަނޑު ތަރިންނަކީ ދީޕިކާ ޕަދުކޯން، އަދިތްޔާ ރޯއީ ކަޕޫރު އަދި ކަލްކީ ކޮއެޗްލިން އެވެ. މި ފިލްމަކީ ހަތަރު އެކުވެރިންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފިލްމެވެ. އަދި އެ ހަތަރު އެކުވެރިންގެ ތެރެއިން ދެ އެކުވެރިއެއްގެ ދެމެދުގައި ހިނގާ ލޯބީގެ ކަންތައްތަކެއް ގެނެސްދިން ފިލްމެކެވެ.

މި ފިލްމަކީ ބަތަލާ ދީޕިކާ އާ ރަންބީރުގެ ދެމެދުގައި އުފެދުނު ލޯބީގެ ގުޅުން ނިމުމަކަށް އައި ފަހުން ދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ. މިއީ 2013 ވަނަ އަހަރު ގެނެސްދިން ފިލްމެކެވެ.

comment ކޮމެންޓް