ވިދްޔާގެ "ޝޭރްނީ"ގެ ޓްރެއިލާ ދައްކާލައިފި

ޓްރެއިލާ ގެ މަންޒަރެއް--

ހުނަރުވެރި ބަތަލާ ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމު "ޝޭރްނީ"ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފި އެވެ.

ވަރުގަދަ ފިލްމުތަކަކުން އަބަދު ވެސް ޖާގަ ހޯދާ ވިދްޔާގެ މި ފިލްމު ރިލީޒްކުރާނީ އެމެޒޯން ޕްރައިމްގަ އެވެ. ޖޫން މަހުގެ 18 ވަނަ ދުވަހު ޕްރިިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ވިދްޔާ ފޮރެސްޓް އޮފިސަރެއްގެ ރޯލުން ފެނިގެންދާ ތަފާތު ފިލްމެކެވެ.

އަމިތު މާސްކަރު ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުގައި ވިދްޔާގެ އިތުރުން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ މުކުލް ޗައްދާ، ވިޖޭ ރާޒް، އިލާ އަރުން އަދި ނީރަޖް ކަބީއެވެ.

މި ފިލްމާ ގުޅޭ ގޮތުން ވިދްޔާ ބުނީ ފިލްމުގެ ވާހަކަ އެންމެ ފުރަތަމަ ދުވަހު އަޑުއިވުނު އިރުވެސް އެ ފިލްމު ކުޅުމަށް ޝައުގުވެރިކަން އުފެދުނު ކަމަށާއި މިއީ އޭނާގެ ކެރިއަރުގައި ވެސް ކުރެވުނު އެންމެ ތަފާތު އެއް ތަޖުރިބާ ކަމަށެވެ.

ބަތަލާގެ މި ފިލްމު އެމެޒޯން އަށް އަންނައިރު އޭނާ އެންމެ ފަހުން ފެނިގެންދިޔަ "ޝަކުންތަލާ ދޭވީ" ވެސް މިހާރު އެމެޒޯން އިން ބަލާލެވޭނެ އެވެ. އެ ފިލްމަށް ވަނީ އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބިފަ އެވެ.

comment ކޮމެންޓް