މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

މޯލްޑިވިއަންގެ ފްލައިޓެއް--- ފޮޓޯ: މޯލްޑިވިއަން

ބަންގްލަދޭޝްގައި ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ ގައުމީ އެއާލައިން މޯލްޑިވިއަންއިން އެގައުމަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި އެވެ.

މޯލްޑިވިއަންއިން އެގޮތަށް ނިންމާފައިވަނީ ބަންގްލަދޭޝްގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުން ވަގުތީ ގޮތުން ސަސްޕެންޑް ކުރަން އެގައުމުގެ ސަރުކާރުން ނިންމުމުންނެވެ.

މޯލްޑިވިއަންއިން ބުނީ އެ އެއާލައިނުން ބަންގްލަދޭޝްގެ ދާކާއަށް ކުރަމުންދާ ދަތުރުތައް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން މެދުކަނޑާލާނެ ކަމަށެވެ.

އެހެންކަމުން މި މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރި ދާކާ ފްލައިޓް، ތިންވަނަ ދުވަހުގެ މެންދުރު 2:25ގައި ފުރާ ގޮތަށް އަވަސްކޮށްފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.

comment ކޮމެންޓް