16 އަހަރުގެ ކުއްޖާއަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، އަދި ވ އަތޮޅު) ގައި ހިމެނޭ ރަށެއްގެއި16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައި، ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް