ގޭގައި ތިބެން އެހީވާން އުރީދޫ އިން ޑަބަލް ޑޭޓާ!

އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސާ ހުސައިން ނިޔާޒް

ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ހިދުމަތްތައްވެސް ބޭނުންކުރުމުގައި ލުޔެއް ހޯދައިދިނުމަށް، ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކުރަން ނިންމައިފި އެވެ.

އުރޫދޫ އިން ބުނީ ބުދަ ދުވަހު ޑަބަލް ޑޭޓާ، ހިލޭ ވައިބާ އަދި ހިލޭ ފޭސްބުކް ފަދަ ހާއްސަ އޮފާތަކެއް ހިމެނޭނެ ކަމަށެވެ. އުރީދޫ އިން ބުނީ ހާއްސަ އޮފާތައް އަލުން ފޯރުކޮށްދިނުމަށް ނިންމީ، ކޮވިޑް19 އާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއް ލިބުމަކީ މުހިންމު ކަމެއްކަމުގައި ދެކިގެން ކަމަށެވެ.

ކޮވިޑް19 ޕެންޑެމިކް ފެށުނީއްސުރެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރައްވައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ، މިއަދު ރާއްޖޭގައި ބަލިމަދުކަމުގެ އާ ރާޅެއް އޮތް އިރު، މި ހާއްސަ އޮފާތަކާއި އެކު އެކަކު އަނެކަކާއި ގުޅުވާލަދީ ރައްކާތެރިކަމާއި އެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޖޫން ދެވަނަ ދުވަހުން ފެށިގެން ލިބޭ ހާއްސަ އޮފާތައް

- ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ

- ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ

- ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަގާ ފަރާތްތަކަށް 200 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބުން( މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު'، 'އެކު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް' ގެންގުޅޭ ފަރާތްތަކަށްވެސް ލިބޭނެ).

- ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަގާ ފަރާތްތަކަށް 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ

- ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ

- 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބާ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން

ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު 'އެކު ޕޯސްޓްޕެއިޑް'، 'ތަފާތު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް'އަކަށްވެސް އަޕްގްރޭޑް ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި އާޗާ އެއް ޖީބީ/ޑޭ ޕްލޭންސްއަށް ދެގުނަ ޑޭޓާ ލިބޭނެ އެވެ. އެގޮތުން ދުވާލަކު ދެ ޖީބީ ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ އާއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ޕަސެންޓަށް ވުރެ ގިނަ ޑޭޓާ ލިބޭއިރު، ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވޭނެ އެވެ.

comment ކޮމެންޓް