އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ :އެސްޓީއޯ

ހުސްވި އަހަރު އެސްޓީއޯ އަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 60 ރުފިޔާ ބެހުމަށް ފާސްކޮފި އެވެ. ހިއްސާގެ ފައިދާ ބަހަން ފާސްކޮށްފައިވަނީ މިއަދު އޮންލައިން ކޮށް ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ގައި ފާސްކޮށްފި އެވެ.

ހުސްވި 2020 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ހިއްސާގެ ފައިދާ ބަހަން ފާސްކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން ޑިރެކްޓަރުން ކަނޑައެޅުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން އިންތިހާބުކޮށްފައިވަނީ އާމިނަތު ރުޝްމާ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރު އަދި 2020 ވަނަ އަހަރުވެސް އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކޮށްފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރު އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓާ ހައުސްކޫޕާސް ކަނޑައަޅަންވެސް މިއަދުގެ ޖަލްސާ ގައި ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2020 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު އަދި މާލީ ރިޕޯޓުވެސް ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް