16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ކުޑަކުދިންތަކެއް މަޑި އުރުވަނީ: 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެމައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، އަދި ވ އަތޮޅު) ގައި ހިމެނޭ ރަށެއްގެ 16 އަހަރުގެ އަންހެން ކުއްޖަލަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައި، ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް