ސައިކަލެއް ވަގަށް ނެގި މީހަކު ހޯދަނީ

ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ އިބްރާހިމް ޒަކަރިޔާ -- ފޮޓޯ: ޕޮލިސް

ފުލުހުން ތަހުގީގު ކުރަމުންދާ ސައިކަލެއް ވަގަށް ނެގި މައްސަލަ އަކާ ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލަ އާއި ގުޅިގެން ހޯދަން އިއުލާނުކޮށްފައުވަނީ އިބްރާހިމް ޒަކަރިޔާ، ހ. ސަމާގްރީން 30އ އެވެ.

ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ. އެ މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481696 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް