ރަހީނުކުރި މީހާގެ ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ވަނީ ލޭ އެޅިފައި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ފޮޓޯ: ކޭއޯ

ކުޅުދުއްފުށީގައި ރޭ ރަހީނުކޮށް އަނިޔާކުރި މީހާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބި ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާ ކަމަށް ރޭ 20:48 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެމީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ 21:50 ހާއިރު ކަމަށެވެ.

އެމީހާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި، ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެގޮތުން އޭނާގެ ކަނާތް ފަރާތުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އިތުރު ބޮޑު އަނިޔާއެއް ލިބިފައި ނެތް ނަމަވެސް، ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އޮފިޝަލް ވިދާޅުވީ މިއަދ 1:30 ގައި ހަނިމާދޫ މަގުން އެނާ މާލެ ފޮނުވާލާނެ ކަމަށެވެެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް