ދާންދުއިން ކޮވިޑު ޖެހި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ

ގއ. ދާންދޫ --- ސަން ފޮޓޯ

ގއ. ދާންދުއިން ކޮވިޑް ޖެހި އެއަތޮޅު ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "ސަން" އަށް ވިދާޅުވީ ވިލިނގިލީ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ދެންމެ މަރުވީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާ ދާންދުއިން ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އާސިފް ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނިގެން މި މަހުގެ 18 ވަނަ ދުވަހު އެމީހާގެ ސާމްޕަލް ނަގާފައިވާއިރު، ހަމަ އެ ދުވަހު ނަތީޖާ ލިބުނު އިރު ޕޮޒިޓިވް ކަމަށެވެ.

މިއީ މި ބަލީގައި މިއަދު މަރުވި ތިން ވަނަ މީހާ އެވެ. މިހާތަނަށް މިބަލީގައި ޖުމްލަ 151 މީހުން ވަނީ މަރުވެފަ އެވެ.

ދާންދުއިން ކޮވިޑަށް ޕޮޒިޓިވްވި 27 އަހަރުގެ އަންހެނަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި އެރަށުން ޕޮޒިޓިވްވި އިތުރު ދެ މީހަކަށް ވިލިނގިލީ ކޮވިޑް ފެސިލީޓީގައި ފަރުވާދެމުން އެބަދެއެވެ.

ދާންދުއިން މިހާތަނަށް 184 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް