ރާއްޖެއިން ދުވާލެއް މައްޗަށް 10 އަހަރުން ދަށުގެ 52 ކުދިން ކޮވިޑަށް ޕޮޒިޓިވްވޭ

އޭޕްރީލް 23، 2021: އުސްފަސްގަނޑު ސަރަހައްދުގައި މަޑި އެރުވުން: ޒަމާނުއްސުރެ ކޮންމެ ރޯދަ މަހަކުވެސް ރޯދަކުރުކޮއްލުމަށް ކުޑަކުދިންނާއި ބޮޑެތި މީހުންވެސް މަޑި އުރުވުމަކީ އާންމުކަމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އުމުރުން 10 އަހަރުގެ 52 ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު މީގެ ތެރޭގައި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް އުމުރުފުރާކަމުގައިވާ ކުޑަކުދިންގެ އަދަދުވެސް ނިސްބަތުން ގިނަ އެވެ.

އެގޮތުން އެޗްޕީއޭއިން މިއަދު ބުނިގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުމުރުން 10 އަހަރުން ދަށުގެ 5،131 ކުދިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މިއީ އެވަރެޖްކޮށް ބަލާނަމަ ދުވާލެއްގެ މައްޗަށް 52 ކުދިންނެވެ.

ރާއްޖެއިން މިހާތަނަށް ކުޑަކުއްޖަކު މި ބަލީގައި ނިޔާވެފައި ނުވިނަމަވެސް ކުޑަކުދިންނަކީ ވެކްސިން ޖަހަން ޝަރުތު ހަމަވާ ބަޔަކަށް ނުވާތީ އެ އުމުރުފުރަޔަށް ބަލީގެ ނުރައްކާ އަދި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެންދެ އެވެ.

އެޗްޕީއޭއިން ވަނީ ބައްޔަށް ހުށަހެޅުމުގެ ނުރައްކާ ކުޑަ ކުރުމުގެ ގޮތުން ކުޑަކުދިން ގެއިން ބޭރަށް ނެރޭ މިންވަރު މަދުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މިފަހަކަށް އައިސް ކޮވިޑް-19 ކޭސްތައް އެތައް ގުނަ އިތުރުވެފައިވާއިރު އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ޝަރުތުހަމަވާ ބައެއް އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބައެއް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާކަމަށްވެސް މިފަހުން ބުނެފަ އެވެ.

comment ކޮމެންޓް