އަރިއާނާ ގްރާންޑޭ ކައިވަނިކޮށްފި

އަރިއާނާ ގްރާންޑޭ

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ 27، ކައިވެނިކޮށްފިއެވެ.

މީގެ ފަސް މަސްކުރިން ލަވަކިޔުންތެރިޔާ އަރިއާނާ ވަނީ އޭނާގެ ލޯބިވެެރިޔާ ވިޔަފާރިވެރިޔާ ޑެލްޓަން ގޯމޭޒްއާ އެންގޭޖްވެފައެވެ. ދެމީހުން ކައިވެނިކުރީ މި މަހު 15 ވަނަ ދުވަހުއެވެ. ލަވަކިޔުންތެރިޔާ ވަނީ އޭނާގެ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ.

އޭނާ ކައިވެނީގެ ހަފްލާ ބޭއްވީ ސިއްރިއްޔާތުގައި، އޭނާގެ ގޭގައެވެ. އަރިއާނާ ކައިވެނިކުރުމާއެކު ގިނަ އަދަދެއްގެ ސެލެބްރިޓީންނާ ފޭނުން އަންނަނީ އޭނާ އަށްމަރުހަބާ ކިޔަމުންނެވެ.

އަރިއާނާ ވަނީ މީގެ ކުރިންވެސް އެންގޭޖްވެފަ އެވެ. އެއީ “ސަޓަޑޭ ނައިޓް ލައިވް"ގެ ޕާފޯމާ ޕީޓް ޑޭވިޑްސަންއާ އެވެ.

comment ކޮމެންޓް