ޔޫރޮޕުގެ ބޮޑު ދެ ފައިނަލުގެ ފޯރި އޮތީ ގަދަކޮށް، ސާފުކޮށް ބަލަންވީ މީޑިއާނެޓުން!

ޗެމްޕިއަންސް ލީގު ފައިނަލުގެ ޕޯސްޓަރ --- ޔޫއެފާ

ދުނިޔޭގެ ފުޓުބޯޅަ ފޭނުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔޫރޮޕިއަން ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ދެ މުބާރާތުގެ ފައިނަލް މެޗުތައް މިފަހަރުވެސް އެންމެ ކޮލިޓީގައި މީޑިއާ ނެޓުގެ ޗެނަލްތަކުންނާއި މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށް ދައްކަން ވަނީ ހަމަޖެހިފަ އެވެ.

އިނގިރޭސިވިލާތުގެ ދެ ގަދަބާރު ކަމަށްވާ މެންޗެސްޓާ ސިޓީއާއި ޗެލްސީން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އޭގެ ކުރިން ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ވާދަކުރާނީ މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް އެވެ. ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ދެމެޗަށް ވަގުތު ކުޑަތަން ވެފައިވާ އިރު، މީޑިއާ ނެޓުގެ ޗެނަލްތަކުންނާއި މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށް އެ ދެ މެޗުވެސް ދައްކަން ވަނީ ހަމަޖެހިފަ އެވެ.

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޔޫރޮޕުގެ ރަން މެޑަލް ކަރަށް މަހާލަން ސިޓީން ނުކުންނަ އިރު، 2012 ވަނަ ސީޒަނުގެ ޔޫރޮޕިއަން ޗެމްޕިއަން ޗެލްސީ އޮތީ ވެސް ނުރައްކާތެރި ފޯމެއްގަ އެވެ. މި މެޗު ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ފަށާއިރު، އެ މެޗު މީޑިއާ ނެޓުން ދައްކާނީ ސޮނީ ޓެން 2 އެޗްޑީ (Ch892) އަދި ސޮނީ ޓެން 2 (Ch309) އިންނެވެ.

ސިޓީން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ވަރުގަދަ ޕީއެސްޖީ ދެ ލެގުން ބަލިކޮށްގެންނެވެ. މިއީ ސިޓީން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރަށްވީ އިރު، ޗެލްސީން ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ރަސްގެފާނު ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު އެވެ.

އަނެއްކޮޅުން ޔޫރޮޕާ ލީގުގެ ފައިނަލުގެ އެއްކޮޅުގައި އޮތް މެންޗެސްޓާ ޔުނައިޓެޑަކީ ރާއްޖޭގައި އެންމެ ބޮޑު ފޭންބޭސްއަށްވާއިރު، ވިޔަރެއާލުގެ ކޯޗަކަށް ހުރި އުނޭ އެމެރީ އަކީ މި މުބާރާތުގެ ހާއްސަ ތަޖުރިބާކާރެކެވެ. މި މެޗު މީޑިއާ ނެޓުން ދައްކާނީ މިރޭ 00:000 ގައެވެ. އެ މެޗުތައް ވެސް ފެންނާނީ ސޮނީ ޓެން 2 އެޗްޑީ (Ch892) އަދި ސޮނީ ޓެން 2 (Ch309) އިންނެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ޔޫރޮޕާ ލީގު އުފުލާލި ޔުނައިޓެޑް ފައިނަލަށް ދަތުުރު ކުރީ، 8-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އަނެއްކޮޅުން "ޔެލޯ ސަބްމެރީން" ގެ ނަމުން މަޝްހޫރު ވިޔަރެއާލް ފައިނަލަށް ދަތުރު ކުރީ 2-1 ގެ ނަތީޖާއަކުން އާސެނަލް ޝޮކަކަށް ދުށްވާލުމަށްފަހު އެވެ.

comment ކޮމެންޓް