ޒީ5 އިން ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑު ބެލޭނެ

ފްރެންޑްސް ޔޫނިއަން ގެ ފޮޓޯއެއް---

މާދަމާ ގެނެސްދޭ ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑް އިންޑިއާގެ ޒީ5 ޕްލެޓްފޯމުން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޒީ5 އިން ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑު ގެނެސްދޭނެކަން ކަށަވަރުކޮށްދީފައިވާ އިރު މި އެޕިސޯޑު ބެލޭނީ ޒީ5 އަށް ސަބްސްކްރައިބްކޮށްގެންނެނެވެ. މި މަހު 27 ވަނަ ދުވަހު އެޗްބީއޯ މެކްސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ހާއްސަ އެޕިސޯޑުގެ ޓްރެއިލާއިން ފެނިގެންދަނީ ކުރީގެ ބައެއްއެޕިސޯޑުތައް ރީކްރިއޭޓް ކުރާ މަންޒަރެވެ. އަދި ފްރެންޑްސްގެ ޑައިލޮގްތަކަށް އަލުން އެކްޓް ކުރާ މަންޒަރު ވެސް ޓްރެއިލާ އިން ފެނިގެންދިޔަ އެވެ. ޒީ5 އިން ފްރެންޑްސް ސްޓްރީމްކުރާނީ އެޗްބޯއީ އިން އެ އެޕިސޯޑު ދައްކާ ގަޑީގައެވެ. އެއީ އިންޑިއާ ގަޑިން 12:32އެވެ.

ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، މެޓް ލެބްލޮންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެ އެވެ.

ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައި ވަނީ 1994 އިން 2004 އަށެވެ.

comment ކޮމެންޓް