ޖޫން 10ގެ ނިޔަލަށް ބޭންކިން ހިދުމަތް ދޭނީ ހަފްތާއަކު ތިން ދުވަހު

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާދަމާ އިން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެމްއެމްއޭ އާއި ބޭންކު ތަކުން ބޭންކިންގެ ހިދުމަތް ދޭނީ ހަފްތާ އަކު ތިން ދުވަހު ކަމަށް ބުނެފި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނީ މާދަމާ އިން ފެށިގެން ޖޫން10 ގެ ނިޔަލަށް އެމްއެމްއޭ އާއި ބޭންކުތައް ހުޅުވިފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ދުވަސްތަކުގައި އެމްއއެމްއޭ އިން ބޭންކިންގެ ހިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށް ބުންޏެވެ.

ބޭންކިންގެ ހިދުމަތް ދޭނީ އެޕޮއިންޓްމެންޓު އުސޫލުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ބޭންކުތަކުން ހިދުމަތްދޭ ދުވަސްތައް މަދުކޮށް ވަގުތު ލިމިޓްކޮށްފައި މިވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އޮއްވަ އެވެ. މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަރަތަކުން ހެނދުނު އަށަކަށް ކާފިއު ހިންގާއިރު އެ ނޫން ވަގުތުތަކުގައި ބޭރަށް ނިކުތުމަށް ހާއްސަ ހުއްދަ އެއް ބޭނުންވާނެ އެވެ. އެ ހުއްދަ ދޫކުރަނީ ކޮންމެ ގޭބީސީ އަކަށް ދެ ހުއްދަ މަގުންނެވެ.

comment ކޮމެންޓް